އެސްޑީޖީސް – ސީއެސްއޯސް އަށް ތައާރަފެއް

2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 25 ވަނަ ދުވަހު، އ.ދގެ ޚާއްސަ ސަމިޓްގައި 193 ޤައުމަކުން އ.ދގެ ދެމެހެއްޓެނިވި ތަރައްޤީގެ އެޖެންޑާ 2030 ގައި ސޮއެކުރިއެވެ. ދިވެހިރާއްޖެއަކީ، ދެމެހެއްޓެނިވި ތަރައްގީއަށް އެޖެންޑާ 2030 ހާސިލްކުރުމަށް މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ، މެމްބަރު ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. މިއެޖެންޑާއަކީ އެންމެހާ ޤައުމުތަކަށް، ކުންފުނިތަކަށް، މަދަނީ ޖަމިއްޔާތަކަށް އަދި ދުނިޔޭގެ އެންމެހާ ރައްޔިތުންނަށް 2030 ވަނަ އަހަރު އަންނަންވާއިރަށް މުޅި ދެނިޔެއިން ދެމެހެއްޓެނިވި ތަރައްޤީ ޙާސިލުކުރުމަށް މަސައްކަތްކުރުމަށްޓަކައި އެއްބަސްވާ އެއްބަސްވުމަކާއި އަދި ފިޔަވަޅު އެޅުމަށް ގޮވާލާ ގޮވާލުމެކެވެ. މިއެއްބަސްވުން އެކުލަވާލާފައިވަނީ އަހަރެމެން އެންމެން މިހިއްސާކުރާ ގުރަހައަށް މިހާރު ކުރިމަތިވަމުންދާ ގެއްލުންތަކާއި މޫސުމީ ކުއްލި ހާލަތުގެ އިޖާބައެއްގެ ގޮތުންނެވެ. މިއެޖެންޑާގައި ދެމެހެއްޓެނިވި ތަރައްޤީގެ 17 ލަނޑުދަނޑިއެއްވެއެވެ. މި 17 ލަނޑުދަނޑިތަކުގެ އަމާޒަކީ، ބޮޑުވަމުން އަންނަ ދުނިޔޭގެ އާބާދީއެއްގެ މެދުގައި ދުނިޔޭގެ ވަސީލަތްތައް ހިއްސާކުރަން އަހަރެމެން ބޭނުންގޮތްތަކާއި އަދި ކުރިއަށް އޮތް ޖީލުތަކަށް މިވަސީލަތްތައް ދެމެހެއްޓޭނެގޮތްތަކެވެ. މިތަސައްވުރަކީ މުޅި ދުނިޔޭގެ މަދަނީ ޖަމިއްޔާތަކާއި ޤައުމުތައް އަދި ކުންފުނިތަކުން އެކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. 

· މެއި 21, 2021

ޓްރާންސްކްރިޕްޓް

އައްސަލާމްއަލައިކުމް. ކޯހަށް މަރުހަބާ. ތިޔަ ބައިވެރިވެވުނީ މި ކޯސް މިހާރުވެސް ފުރިހަމަ ކުރަމުން ގެންދިއުމަށް ދަތުރުފަށާފައިވާ އެހެން އެންމެނާ. އަޅުގަނޑުގެ ނަމަކީ އަބްދުﷲ ވަހީދް. އަޅުގަނޑަކީ އެފްޖޭއެސް ކޮންސަލްޓިންގްގެ އެސޯސިއޭޓް ކޮންސަލްޓަންޓެއް. މި ކޯހުގެ ނަމަކީ “ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް މަދަނީ ޖަމިއްޔާތަކަށް ތައާރަފެއް.”

މި ކޯހަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ނުވަތަ އެސްޑީޖީ ތަކުގެ އިންޓޮޑަކްޓަރީ ކޯހެއް. މައިގަނޑުކޮށް މި ކޯސް އަމާޒު މި ކުރަނީ މަދަނީ ޖަމިއްޔާތަކާއި އަދި އެ ޖަމިއްޔާތަކާއިއެކު ހަރަކާތްތެރިވާ ފަރާތްތަކަށް.

މުޅި ކޯސް ފަރުމާކޮށްފައި މިވަނީ އޮންލައިންކޮށް އެމީހަކަށް ފަސޭހަ ވަގުތެއްގައި ބޭނުން އަވަސް މިނެއްގައި ނިންމާލެވޭނެ ގޮތަކަށް. މި ކޯސް ބަހާލެވިފައި މިވަނީ ޖުމްލަ 8 މޮޑިއުލެއްގެ މައްޗަށް. އަދި ކޮންމެ ހަފްތާއަކު މޮޑިއުލެއް ނިންމަމުންގޮސް، 8 ހަފްތާއިން މުޅި ކޯސް ފުރިހަމަ ކުރުމަކީ ރަނގަޅު ގޮތެއް. ކޯހުގެ މޮޑިއުލްތައް ކޮންމެ ތަރުތީބަކުންވެސް ފުރިހަމަ ކުރެވިދާނެ. ނަމަވެސް، އެންމެ ރަނގަޅުގޮތަކީ ފުރުތަމަ މޮޑިއުލް އެންމެ ފުރުތަމަ ފުރިހަމަ ކުރުން. އެއީ ފުރުތަމަ މޮޑިއުލުގައި މި ބަލާލަނީ އެސްޑީޖީތަކާ ބެހޭ ތައާރަފަކަށް ވާތީވެ. ދެން ހުރި މޮޑިއުލުތަކުގައި ބަލާލާނީ ތަރައްގީގެ މައިގަނޑު ދާއިރާތަކުގެ މައްޗަށް. އަދި ކޮންމެ މޮޑިއުލެއްގައި އެ މޮޑިއުލްއަކާ ގުޅުން ހުރި ދާއިރާތަކާ ގުޅޭ އެސްޑީޖީތަކަށް އަލި އަޅުވާލާނަން. ކޮންމެ މޮޑިއުލެއްގައިވެސް ފިލާވަޅުގެ ވިޑިއޯގެ އިތުރުން ރީޑިންގް މެޓީރިއަލްއާއި، ޑިސްކަޝަން ސުވާލުތަކާ، ކުއިޒްއަކާއި، އިތުރަށް މައުލޫމާތު ހޯދޭނެ ގޮތްތައް ބަޔާންކޮށްފައިވާނެ. މީގެ އިތުރުން ރާއްޖޭގެ ހާލަތާއި ބެހޭގޮތުން ކަމާބެހޭ މާހިރުންނާއި އަދި ބައެއް ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން ކުރެވިފައިވާ އިންޓަވިއުތައްވެސް ހިމެނިފައިވާނެ. މި ކޯސް ފުރިހަމަ ކުރުމަށް ވަކި ތައުލީމީ ފެންވަރެއް ނުވަތަ ތަޖުރިބާއެއް ހުރުން މުހިއްމެއްނޫން. ނަމަވެސް، ދެމެހެއްޓެނިވި ތަރައްގީގެ މައުލޫއަކީ އޭގެ ޒާތުގައި ކޮމްޕްލެކްސް ދެނެގަތުމަށް އުނދަގޫ މައުލޫއަކަށް ވުމާއެކު، އެމީހަކަށް ފަސޭހަ އަވަސް މިނެއްގައި ކޯސް ފުރިހަމަކުރަމުން ގެންދިއުން ރަނގަޅުވާނެ. ތިޔަ ހުރިހާ ބައިވެރިންނާއެކު މިކޯސް ކުރިއަށް ގެންދިއުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ހުރިހާ ބޭފުޅުންނަށްވެސް ކޯހަށް މަރުހަބާ.

އިންސްޓްރަކްޓަރގެ ނޯޓު

އެޖެންޑާ 2030 އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް – ސީއެސްއޯއަށް ތައާރަފެއް، މި ކޯހަށް މަރުހަބާ

ދިވެހިރާއްޖެ އަކީ 2030 އެޖެންޑާގެ ދެމެހެއްޓެނިވި ތަރައްގީ ހާސިލްކުރުމަށްޓަކައި މަސައްކަތްކުރަމުން އަންނަ ގައުމުތަކުގެ ތެރެއިން ގައުމެއް. ތިޔަ ބައިވެރިވެވުނީ މި ކޯސް މިހާރުވެސް ފުރިހަމުން ގެންދިއުމަށް ދަތުރު ފަށާފައިވާ އެހެން ބައިވެރިންނާ. . ކޯހުގައި ބައިވެރިވީތި އުފާކުރަން. އަދި އުންމީދުކުރަން މިކޯހުގެ ބައިވެރިންގެ ފަރާތުން އެދެވިގެންވާ ބައިވެރިވުމެއް ލިބޭނެ ކަމަށް.

ފެށުމުގެ ކުރިން، ކޯހުގެ ހުރިހާ ބައިތަކެއް ބަލާލުމަށް ކޯހުގެ މި ސައިޓް ބަލާލުމަށް އެދެން. ކޯސް ފުރިހަމަކޮށް ކޯހުން ފާސްވުމަށް ބޭނުންވާ އެސައިންމަންޓް އަދި ކޯހުގައި ކިޔަވައިދޭ ބައިތައް ރަނގަޅަށް ބަލާލުން މުހިންމު. “ޑިސްކަޝަން” ނުވަތަ “މަޝްވަރާ” އަށް ދިއުމުން ކޯހުގެ އެހެން ބައިވެރިންނާއި އެކު ކޯހުގައި ކިޔަވައިދޭ ބައިތައް ފޯރަމެއްގައި މަޝްވަރާކުރެވޭނެ. ކޯސް ނިންމުމަށްޓަކައި ކުއިޒްތައް ފުރިހަމަ ކުރުން ލާޒިމް. ފާސްވާ ގްރޭޑަކީ ކޮންމެ ހަފްތާގެ ކުއިޒަކަށް %80 ރަނގަޅު ޖަވާބު (5 ރަނގަޅު ޖަވާބު). ކޯސް ފުރިހަމަކުރުމުން ޔޫޒަރ ޕްރޮފައިލްއިން ސެޓްފިކެޓް ޑައުންލޯޑް ކުރެވޭނެ.

ކޯހުގައި ހިމަނާފައިވާ ބައިތަކާއި ގުޅޭ ސުވާލެއްވާނަމަ، ކޯހުގެ އެހެން ބައިވެރިންގެ އެހީއަށް ފޯރަމުގައި އަހާ. އަދި ކޯހައި ގުޅޭ ޓެކްނިކަލް މައްސަލައެއް ވާނަމަ. info@fjsconsulting.net އަށް އީމެއިލްކުރޭ

ކޯހުގެ ފުރިހަމަ ކާމިޔާބީއަށް އެދެން، އުންމީދު ކުރަން މި ކޯސް ކަމުދާނެ ކަމަށް!

ކޯހާއި ބެހޭ 

2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 25 ވަނަ ދުވަހު، އ.ދގެ ޚާއްސަ ސަމިޓްގައި 193 ޤައުމަކުން އ.ދގެ ދެމެހެއްޓެނިވި ތަރައްޤީގެ އެޖެންޑާ 2030 ގައި ސޮއެކުރިއެވެ. މިއެޖެންޑާއަކީ އެންމެހާ ޤައުމުތަކަށް، ކުންފުނިތަކަށް، މަދަނީ ޖަމިއްޔާތަކަށް އަދި ދުނިޔޭގެ އެންމެހާ ރައްޔިތުންނަށް 2030 ވަނަ އަހަރު އަންނަންވާއިރަށް މުޅި ދެނިޔެއިން ދެމެހެއްޓެނިވި ތަރައްޤީ ޙާސިލުކުރުމަށް މަސައްކަތްކުރުމަށްޓަކައި އެއްބަސްވާ އެއްބަސްވުމަކާއި އަދި ފިޔަވަޅު އެޅުމަށް ގޮވާލާ ގޮވާލުމެކެވެ. މިއެއްބަސްވުން އެކުލަވާލާފައިވަނީ އަހަރެމެން އެންމެން މިހިއްސާކުރާ ގުރަހައަށް މިހާރު ކުރިމަތިވަމުންދާ ގެއްލުންތަކާއި މޫސުމީ ކުއްލި ހާލަތުގެ އިޖާބައެއްގެ ގޮތުންނެވެ. މިއެޖެންޑާގައި ދެމެހެއްޓެނިވި ތަރައްޤީގެ 17 ލަނޑުދަނޑިއެއްވެއެވެ. މި 17 ލަނޑުދަނޑިތަކަކީ ބޮޑުވަމުން އަންނަ ދުނިޔޭގެ އާބާދީއެއްގެ މެދުގައި ދުނިޔޭގެ ވަސީލަތްތައް ހިއްސާކުރަން އަހަރެމެން ބޭނުންގޮތްތަކާއި އަދި ކުރިއަށް އޮތް ޖީލުތަކަށް މިވަސީލަތްތައް ދެމެހެއްޓޭނެގޮތްތައް ދައްކުވައިދޭ މަގުޗާޓެކެވެ. މި ޕްލޭނަކީ މުޅި ދުނިޔޭގެ މަދަނީ ޖަމިއްޔާތަކާއި ޤައުމުތައް އަދި ކުންފުނިތަކުން އެކުގައި ކުރި މަޝްަވަރާތަކުގެ ނަތީޖާއެވެ. 

މިކޯހުގައި ރާއްޖޭގެ ހާލަތާއި ގުޅޭ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ތަފްސީލު ހިމެނެއެވެ. އަދި މީގެއިތުރުން، 17 އެސްޑީޖީތަކުގެ ތަޢާރަފް، ކޮންމެ އެސްޑީޖީއަކާއި ގުޅޭ އަމާޒުތައް ނުވަތަ ޓާގެޓްތައް ހިމެނެއެވެ. މިކޯހުން އެސްޑީޖީތައް މިހާރު އެނގޭގޮތާއި އަދި ރާއްޖޭގައި އެސްޑީޖީތަކުގެ ހާލަތުގެ އަދާހަމަ މަޢުލޫމާތު ލިބޭނެއެވެ. އަދި، 2030 ވަނަ އަހަރު އަންނަންވާ އިރަށް، ދެމެހެއްޓެނިވި ތަރައްގީ ހަލުވިކަމާއިއެކު ހާސިލްކުރުމަށް ރާއްޖޭގައި ކުރިއަށް ގެންދާ ޝައުގުވެރި ތަފާތު އިސްނެގުންތަކަށް ތައާރަފްކޮށްދޭނެއެވެ.

މިކޯސް ފަރުމާކުރެވިފައިވަނީ މަދަނީ ޖަމިއްޔާތަކާއި މިދާއިރާގެ ފަރުދުންނަށެވެ. ނަމަވެސް އެސްޑީޖީތަކާއި ބެހޭގޮތުން އިތުރަށް މަޢުލޫމާތު ހޯދާ ދަސްކުރަން ބޭނުންވާ ކޮންމެ މީހަކަށްވެސް މިކޯސް ބޭނުންކުރެވޭނެއެވެ.

ޝުކުރުގެ ލިސްޓް 

މިކޯސް ތައްޔާރުކުރެވިފައިވަނީ އެފްޖޭއެސް ކޮންސަލްޓިންގއިން ރާއްޖޭގައި ހުންނަ ޔުނައިޓެޑް ނޭޝަންސް ރެޒިޑެންޓް ކޯޑިނޭޓަރސް އޮފީސްއަށެވެ. 

މިކޯސް ތައްޔާރުކުރުމުގައި ތިރީގައި ބަޔާންކުރާ އެންމެހާ ފަރާތްތަކާއި އޮފީސްތަކަށް ޚާއްސަ ޝުކުރެއް ދަންނަވަމެވެ. 

  • ކެތެރިން ހެސްވެލް، އ.ދގެ ރެސިޑެންޓް ކޯޑިނޭޓަރ – ދިވެހިރާއްޖެ
  • މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް
  • އައިމިނަތު އަބްދުالله، ޕްރޮޖެކްޓް މެނޭޖަރ – ޕްލާސްޓިކް ނޫން ގޮތެއް
  • ޑރ. އަބްދުالله ނަސީރް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް
  • އަނީސާ އަހްމަދު، ކޯ-ފައުންޑަރ، ހޯޕް ފޮރ ވިމަން
  • ތޯހާ ސަލީމް، މެނޭޖިންގ ޑިރެކްޓަރ – ޕިނަކަލް ކޮންސަލްޓަންސީ އަދި ކުރީގެ ޕްރިންސިޕަލް 
  • މުހައްމަދު ނިޒާމް، ޕްރިންސިޕަލް – ބ. ގޮއިދޫ ސްކޫލް
  • އަސްމާ ހުސައިން، ރައީސް، ނ. ވެލިދޫ ކައުންސިލް 2017 – 2020
  • ފާތިމަތު ރަޒީނާ، ލޯފަން ކުއްޖެއްގެ މަންމަ
  • މުހައްމަދު އިނާޒް، ޑިރެކްޓަރ – ކްލައިމެޓް ޗޭންޖް & ސަސްޓެއިނެބްލް ޑިވެލޮޕްމެންޓް، އެފްޖޭއެސް ކޮންސަލްޓިން
  • މުހައްމަދު އައްފާން ޝާކިރް، އޯގަނައިޒިން ސެކްރެޓަރީ އަދި ޕްރޮޖެކްޓް މެނޭޖަރ SWMARAF، ސްމޯލް އައިލެންޑް ޖިއޮގްރެފިކް ސޮސައިޓީ (ސިގްސް)
  • ފާތިމަތު ޒުހާނާ، ޕްރޮގްރާމް އެނަލިސްޓް – ޔޫއެންއެފްޕީއޭ
  • އިސްމާއިލް އައްޒާމް ވަޖީހް، ސީ.އީ.އޯ – ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
  • އައިޝަތު ޝަހުލާ އަހްމަދު، ޕްރޮގްރާމް ސްޕެޝަލިސްޓް – ޔުނިސެފް
  • މަރިޔަމް ވިސާމް، ރެޖިސްޓްރަރ އޮފް ކޮމްޕެނީސް – މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް
  • މައުރޫފް ޒާކިރް، ޖެނެރަލް ސެކްރެޓަރީ – ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
  • އައިމިނަތު ރާޔަން، ޕަބްލިކް ރިލޭޝަންސް އޮފިޝަލް – ވިމެން އިން ޓެކް
  • ސުހައިލް އަހްމަދު، މެނޭޖިންގ ޑިރެކްޓަރ – ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން
  • އާހިދް ރަޝީދް، ޕްރޮގްރާމް & ގަވަރނަންސް މެނޭޖަރ – ޓްރާންސްޕޭރެންސީ މޯލްޑިވްސް
  • ނަޝީތް ތޯހާ، ނޭޝަނަލް ޕީސް & ޑިވެލޮޕްމެންޓް ސްޕެޝަލިސްޓް – ޔޫއެން ރެސިޑެންޓް ކޯޑިނޭޓަރސް އޮފީސް
  • ޑރ. އަހްމަދު އަދްހަމް އަބްދުالله، ކޮމިޝަނަރ – ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ކޯސް ތައްޔާރުކުރި ޓީމް

·  ފަރީހާ ޝަރީފް، ކޯ-ޓީމް ލީޑަރ

·  ހާމިދް ސޯދިޤް، ކޯ-ޓީމް ލީޑަރ

·  މަލީކާ ސާލިހް، ކޮންޓެންޓް ޑިވެލޮޕަރ

·  އަބްދުالله ވަހީދް، ޕްރެޒެންޓަރ އަދި ޓްރާންސްލޭޓަރ

·  ދީނާ ޝަރީފް، ކޯޑިނޭޓަރ

·  މުހައްމަދު އިނާޒް، އެޑްވައިޒަރ

·  އިސްމާއިލް ސޯދިޤް، ޑިޒައިނަރ

·  އަހްމަދު ފަޔާޒް، ޕްލެޓްފޯމް ޑިވެލޮޕަރ

·  ފާތިމަތު ލުބައިނާ، ސަޕޯޓް ކޮންސަލްޓަންޓް

·  އިސްމާއިލް ޔާނިމް އަބްދުالله، ޑިރެކްޓަރ އޮފް ފޮޓޯގްރަފީ / އެޑިޓަރ

·  އާދަމް ޝިނާދް، ލައިޓިން ޑިރެކްޓަރ / އެޑިޓަރ 

·  އަލީ ޝަމްރާން، ހެޑް އޮފް ކެމެރާ އޮޕަރޭޝަންސް / އެޑިޓަރ  ·  މުހައްމަދު ޝިޒާން، އޯޑިއޯ ޓެކްނިޝަން / އެޑިޓަރ   

ކޯހަށް ގެ ބައިތައް

އެއްކޮން ހުޅުވާލާ
ފިލާވަޅު ގެ ބައިތައް
0% ފުރިހަމަ ކުރެވިފައި 0/14 Steps
ފިލާވަޅު ގެ ބައިތައް
0% ފުރިހަމަ ކުރެވިފައި 0/12 Steps
ފިލާވަޅު ގެ ބައިތައް
0% ފުރިހަމަ ކުރެވިފައި 0/13 Steps
ފިލާވަޅު ގެ ބައިތައް
0% ފުރިހަމަ ކުރެވިފައި 0/11 Steps
+6 ބައިވެރިން
Not Enrolled
ހިލޭ

ކޯހަށް Includes

  • 8 ފިލާވަޅު
  • 94 ޓޮޕިކް
  • 8 ކުއިޒް